ENGLISH
10 ސެޕްޓެމްބަރު 2025
ޓްރެފިކް ފްލޯ ބަދަލުކުރިޔަސް މަރުކަޒަށް ނަމާދަށް އެރުމަށް ހުރަހެއް ނޯންނާނެ: އެމްއެންޑީއެފް
26 ޖުލައި 2025
|
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ބާއްވާ ކުޅިވަރުތަކަށް ތަން ދިނުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ސަލާމަތީ ފިޔަވަޅުތަށް އަޅައިފައި އޮތަސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރާ ފޭބުމަށް ހިންގާފައި އުޅޭ އެއްވެސް ބޭފުޅަކަށް ހުރަހެއް ނޯންނާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދީފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ޖުލައި 26ވަނަ ދުވަހުގެ 13:00 އުން ފެށިގެން މިނިވަން ދުވަހުގެ ހަރަކާތްތަށް ނިމެންދެން ޖުމްހޫރީ މާލަމުގައި ސަލާމަތީ ފިޔަވަޅުތަށް އަޅައި، އާންމު އުޅަންދު ފަހަރު ވަދެނިކުތމުގައި ދަތިތަކެއް އުޅޭނެއެވެ.
އެހެންނަމަވެސް އިސްލާމީ މަރުކަޒަށް ނަމާދަށް އަރަންދާ ހިންގާފައުޅޭ އެއްވެސް ބޭފުޅަކަށް ދަތިތަކެއްދިމާނުވާނެ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
އަދި އެހެންކަމުން އެ ސަރަހައްދަށް ވަންނައިރު ޒޯނުން ބޭރުގައި ވެހިކަލް ޕާކުކުރުމަށްފަހު ހިންގާފައި މިސްކިތަށް އައުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރެއްވިއެވެ.