ENGLISH
10 ސެޕްޓެމްބަރު 2025
ބޮޑުވަޒީރު މޯދީ ކުރީގެ ރައީސް، ރައީސް ނަޝީދާ ބައްދަލްކުރައްވައިފި
26 ޖުލައި 2025
|
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީ ރާއްޖޭގެ ކުރީގެ ރައީސްސެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދްއާއި ބައްދަލްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ފިލްމީ ދާއިރާގައި ކުރިއެރުމުގެ ފުރުޞަތުތަކާއި، ކޮރަލް ރީފް ރިސަރޗްގެ ކުރިއެރުމާއި، ކްލައިމެޓް ރެޒިލިއަންސް ފަދަ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ކްލައިމެޓް ވަލްނަރަބަލް ފޯރަމާއި އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް މެދުވެރިކޮށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމަކީ ލިބުނު ޝަރަފެއް ކަމުގައި ރައީސް ނަޝީދް ސިފަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އިންޑިޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު ދާއިރާތަކުން ސަރަޙައްދީ އެއްބާރުލުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިކަމަށްވެސް ރައީސް ނަޝީދް ވިދާޅުވިއެވެ.