ENGLISH
26 ޖުލައި 2025
އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވައިފި
26 ޖުލައި 2025
|
މިރޭ އޮތް ޖާފަތުގައި ރައީސްގެ ދެކަނބަލުން އަދި ބޮޑުވަޒީރު މޯދީ -- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު، ފުރަމާނަ ޖާފަތެއް ދެއްވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ފުރަމާނަ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަމް ޖައިޝަންކަރްގެ އިތުރުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ދިވެހިރާއްޖެއަށް މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ އިންޑިއާގެ ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިތުރުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ.