ENGLISH

26 ޖުލައި 2025

Advertisement

ބައިނަލްއަގުވާމީ ބޭންކިން ހިދުމަތުގައި ބީއެމްއެލްއަށް ކުރިއެރުމެއް؛ ދެން ރުޕީ އެކައުންޓުތައް ހުޅުވޭނެ

25 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތެއް.، ފޮޓޯ: މިހާރު

ބޭންކް އޮފް މޯލްޑިވްސްގައި އިންޑިޔާ ރުޕީސް އެކައުންޓުތައް ހުޅުވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ. 

ބީއެމްއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރުޕީސް އެކައުންޓު ބީއެމްއެލްގައި ހުޅުވުމުގެ ފުރުސަތު ދިނުމަކީ، އިންޑިޔާއާއި ރާއްޖެއާ ދެމެދުގެ އޮންނަ ވިޔަފާރިއާއި އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމެއް ކަމުގައެވެ. 

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވެފައިވަނީ ބީއެމްއެލްގައި އިންޑިއަން ރުޕީ އެކައުންޓު ހުޅުވަން ފެށުމަކީ ލިބިވަޑައިގަންނަވާ ފަގުރެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިގުތިސާދީ ފުރުސަތުތައް ފަހިވާނެ ކަމުގައި ވިދާޅުވިއެވެ. 

"މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިންގ ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން.،" ޝަރީފު ވިދާޅުވިއެވެ. 

ބީއެމްއެލްއިން މައުލޫމާތު ދިން ގޮތުގައި އެކެއް އޯގަސްޓުން ފެށިގެން އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ދޭސީ އަދި ބިދޭސީ ކަސްޓަމަރުންނަށްވެސް އިންޑިޔާ ރުޕީސް އެކައުންޓެއް ހުޅުވޭނެއެވެ. އެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމުގެ ހިދުމަތް އެ ބޭންކުގެ ބްރާންޗުތަކުން ފޯރުކޮށްދޭނެއެވެ. 

ބޭންކުން ބުނެފައިވަނީ މިގޮތުން އިންޑިއަން ރުޕީ 500 ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެ ކަމަށާއި، އިންޑިއާއިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.                  .   

ކިޔުންތެރިންގެ ހިޔާލު