ENGLISH
26 ޖުލައި 2025
ރާއްޖެ އާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފި
25 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިޔާސަތުގައި، ދެ ޤައުމުން، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވައިފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއަދުގެ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ވެދެއްވާ ދީލަތި އެހީއަށްޓަކައި ޝުކުރުއަދާ ކުރައްވާފަ އެވެ. މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީ، ދިފާޢީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ޤައުމު އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ޤައުމުން މަޝްވަރާ ކުރައްވާފައިވެ އެވެ.
ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ، ޤާބިލުކަން އިތުރުކުރުމާއި، ސިއްޙީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެ ޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާ ކުރެވިގެންދާނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އާއި ބޮޑުވަޒީރު، އިއްތިފާގުވެވަޑައިގަންނަވަމުންވެ.