ENGLISH
10 ސެޕްޓެމްބަރު 2025
ކޯސްޓްގާޑުގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިން ރަސްމީކޮށް ހުޅުވައިފި
25 ޖުލައި 2025
|
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ --
ކޯސްޓްގާޑުގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިން ރަސްމީކޮށް ހުޅުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިންވެގެން އިމާރާތްކޮށްފައިވާ ކޯސްޓްގާޑުގެ އައު އިމާރާތަކީ އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތް ކޮށްފައިވާ ތަނެކެވެ.
އެތަން ރަސްމީކޮށް ހުޅުވައި ދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދެ ލީޑަރުން ވަނީ އެ ބިލްޑިން ހުޅުއްވައި ދެއްވުމުގެ ގޮތުން އިމާރާތުގެ ނަން ބޯޑް ހުޅުވައި ދެއްވާފަ އެވެ.
ދިވެހިރާއްޖޭގެ ކޯސްޓްގާޑުގެ ޚިދުމަތަށް 45 އަހަރު ފުރިފައިވާއިރު މި ބިލްޑިންގއާ އެކު އެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ.
މިއީ ވެރިރަށުގެ މަލަމަތީގެ ރީތި ކަމަށް ވެސް ފުރިހަމަކަން ގެނެސްދޭ ރީތި ޑިޒައިނަކަށް އިމާރާތް ކޮށްފައިވާ ބިލްޑިންގ އެކެވެ.