ENGLISH
10 ސެޕްޓެމްބަރު 2025
އިންޑިޔާއާއި ރާއްޖޭގެ މެދުގައި މުހިއްމު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
25 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މުހިއްމު އަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު މޯދީ ރާއްޖެއަށް ވަޑައިގަތުމަށްފަހު މެންދުރުފަހު މާލެއަށް ވަޑައިގަތުމުން އެމަނިކުފާނަށް ޖުމްހޫރީ މައިދާނުގައި ރަސްމީކޮށް މަރުހަބާ ދެންނެވިއެވެ. އެއަށްފަހު އެމަނިކުފާނުވަނީ ރަސްމީ އިއްޒަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފައެވެ.
އެ އޮފީހުގައި ދެ ގައުމުގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށްފަހު، ދެ ގައުމުގެ ވެރިންގެ ހާޒިރުގައި އިންޑިޔާއާއި ރާއްޖޭގެ މެދުގައި މުހިއްމު އަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. އެގޮތުން ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ ފަހުމުނާމާއަކާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމުގެ ފަހުމުނާމާގައި ސޮއިކުރައްވާފައިވެއެވެ.
އަދި އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭ ފަހުމުނާމާގައިވެސް ދެ ގައުމުން ސޮއިކުރިއެވެ. އޭގެ އިތުރަށް މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.
އަދި ފާމަކޯޕިއާ ދާއިރާއިން އެއްބާރުލުންދީ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި މޫސުމާއި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ކަންކަން މޮނީޓާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ކާމިޔާބު ޑިޖިޓަލް ހައްލުތައް ތަންފީޒުކުރުމާއި ޑިޖިޓަލް ތަރައްގީއާއި އީޖާދީ ހައްލުތައް ހޯދައި ޑިޖިޓަލް މުސްތަގުބަލެއް ކަށަަވަރުކުރުމުގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ.
އަދި އެމްއެމްއޭއާއި އިންޑިޔާގެ މެދުގައި ބޯޑަރު ހުރަސްކޮށް ރެމިޓެންސް ފޮނުވުން ފަސޭހަކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީވަނީ ގުޅިފައިވާ ބަޔާނެއް އިއްވަވާފައެވެ.