ENGLISH
10 ސެޕްޓެމްބަރު 2025
ރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ރަސްމީކޮށް ފަށައިފި
25 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފޮޓޯ: ރައީސް އޮފީސް
ރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމުގެ މެމަރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރައްވައިފިއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިޔާއާއި ރާއްޖޭގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އަށް ފަަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ.
ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިންޑިޔާއާއި ރާއްޖޭގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި ހިންގަންޖެހޭ ރަސްމީ މަޝްވަރާތައް ފެށުމަށް ދެ ގައުމުގެ މެދުގައި ސޮއިކުރެވުނު ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. އިންޑިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރެވެ.
މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ގާއިމުކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުންވާނީ ރާއްޖެއާއި އެހެން ގައުމަކާ ދެމެދު ގާއިމުކުރެވޭ ދެވަނަ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށެވެ. އެފަދަ އެއްބަސްވުމެއް ފުރަތަމަ ގާއިމުކުރެވުނީ ރާއްޖެއާއި ޗައިނާގެ މެދުގައެވެ.
އިންޑިޔާއާއެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ވިޔަފާރިކުރުން ފަސޭހަކުރެވި ދެ ގައުމުގެ މެދުގައި އިންވެސްޓުމެންޓުތައް ދައުރުކުރުމަށް ލުއިތަކެއް ހަމަޖެހިގެންދާނެއެވެ.