ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ރާއްޖެ-އިންޑިއާ އެކުވެރި ކުރުމުގައި ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ދައުރު މުހިންމު: މޯދީ

25 ޖުލައި 2025

|

އަޙުމަދު ޙަމީދު

މޯދީއަށް އިންޑިއާގެ ރައްޔިތުން މަރުޙަބާ ކިޔަނީ

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

އެމަނކުފާނު މިހެން ވިދާޅިވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަތުމުން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން މަރުޙަބާ ކިޔާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ކުރެއްވި ޕޯސްޓެއްގަ އެވެ.

މޯދީ ވަނީ މި ދަތުރުގައި ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނާއި ބައްދަލުކުރެވުނީތީ އުފާވެއްޖެ ކަމަށް ވިދާޅުވެ ދެއްވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފަ އެވެ.

ދިވެހި ބަހުން ކުރެއްވި ޕޯސްޓްގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެކުވެރިކަން އިތުރަށް ކުރިއެރުވުމުގައި އިންޑިއާގެ ރައްޔިތުންނަކީ ވަރަށް މުހިންމު ދަޢުރެއް އަދާކުރާ ބައެއް ކަމަށެވެ.

މި ޕޯސްޓްގެ ކުރީން ވެސް މޯދީ ވަނީ ދިވެހި ބަހުން ޕޯސްޓެއް ކުރައްވާފަ އެވެ. 

ވީއައިއޭ އިން ބޮޑުވަޒީރު މޯދީއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވާ ފޮޓޯތަކާއެކު ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވިދާޅުވީ މާލެ ވަޑައިގެންނެވިއްޖެ ކަމަށެވެ.

އަދި މަރުޙަބާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާފުޅު ކުރައްވާ ކަމަަށެވެ.

“މާލެ އާދެވިއްޖެ. އަޅުގަނޑަށް މަރްޙަބާ ކިޔުމަށް ރައީސް މުޢިއްޒު އެއަރޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރަން،” ރައީސް މުޢިއްޒަށް ޓެގް ކުރައްވާ މޯދީ ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

އަދި ވިދާޅުވީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން ޔަޤީން ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު