ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

25 ޖުލައި 2025

|

ޢަލީ ޝަހީމް

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް ލިބުނަސް، މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދޭނެކަމަށް އެ އިދާރާއިން ބުނެފިއެވެ. 

މޯލްޑިވްސް އިމިގްރޭޝަނުން އާއްމުކުރި ބަޔާނުގައި ބުނީ ޖުލައި 26 ވާ ހޮނިހިރު ދުވަހު އަދި ޖުލައި 27 ވާ އާދީއްތަ ދުވަހު އަދި ޖުލައި 28 ވާ ހޯމަ ދުވަހު މާލެ ސަރަޙައްދުގައި ހިމެނޭ އިމިގްރޭޝަން އޮފީސްތަކުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެދުވަސްތަކުގައި ވެސް ކުރިއެކޭ އެއްގޮތަށް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. 

އިމިގްރޭޝަނުން ބުނީ 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އިމަޖެންސީ ހާލަތުގައި ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް އޮފީހަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެދުވަހުގެ ހަމަ އެގަޑީގައި ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ޖުލައި 27 ވަނަ ދުވަހު އަދި ޖުލައި 28 ވަނަ ދުވަހު ދޮށީ އުމުރުގެ ފަރާތްތަކަށް އަދި އިމަޖެންސީ ހާލަތުގައި ޕާސްޕޯޓަށް އެދި ހުށަހެޅޭނީ ހެނދުނު 8:30 އިން މެންދުރު ފަހު 14:00 އަށެވެ. އެދުވަހުވެސް އެގަޑީގައި ޕާސްޕޯޓާ ހަވާލުވާން ނަންބަރު ނެގޭނެއެވެ. 

އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ހިދުމަތްތަކަށް ނަންބަރު ނެގޭނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އޮފީހަށް ހާޒިރުވެގެން ކަމަށެވެ. 

މެޑިކަލް އިމަޖެންސީ ހާލަތުގައި ގުޅަން އެ އިދާރާއިން ދީފައިވާ ނަންބަރަކީ 9555333 އެވެ. 

ސަރުކާރު ބަންދުވާ ދުވަސްތަކުގައި ޕާސްޕޯޓާ ގުޅޭ ހިދުމަތް ދިނުމުގައި އިމިގްރޭޝަނުން އަބަދުވެސް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދެއެވެ. 

ކިޔުންތެރިންގެ ހިޔާލު