ENGLISH
26 ޖުލައި 2025
ކުރީގެ ކުޅިވަރު ވަޒީރުންގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް
25 ޖުލައި 2025
|
ކުރީގެ ކުޅިވަރު ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ރާއްޖޭގެ ކުރީގެ ކުޅިވަރުގެ ވަޒީރުން އެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ އެވޯޑެއް ދީފިއެވެ.
މި އެވޯޑްތައް ހަވާލުކޮށްފައިވަނީ، މިރޭ މީރުމާ ހޮޓެލްގައި ބޭއްވި "ކުޅިވަރު ވަޒީރުންގެ އަގުވަޒަންކުރުމާއި ކާމިޔާބީ އަރުޝީފުކުރަން ފެށުމުގެ ރަސްމިއްޔާތު" ގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ރާފިޢުގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރ، މުޙައްމަދު ޠަލާލް އާއި ކުރީގެ ކުޅިވަރު ވަޒީރުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިން އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
އެގޮތުން، މިރޭގެ ޚާއްޞަ ރަސްމިއްޔާތުގައި އެވޯޑް ދިން ފަރާތްތަކަކީ؛
· ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، (ނ. ޢ. ޢ. ވ)، އަލްމަރްހޫމް އުމަރު ޒާހިރު
· ރާޝިދާ ޔޫސުފް
· ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، (ނ. ޢ. ޢ. ވ)، ޑޮކްޓަރ މުޙައްމަދު ޒާހިރު ހުސެއިން
· އަލްމަރްހޫމް އިބްރާހިމް ހުސެއިން މަނިކު
· ހުސެއިން ހިލްމީ
· މުޙައްމަދު ވަހީދުއްދީން
· ޑޮކްޓަރ އައިޝަތު ޝިހާމް
· އަލްއުސްތާޛު ހަސަން ލަތީފް
· މުޙައްމަދު ހުސެއިން ޝަރީފް
· މުޙައްމަދު މަލީހް ޖަމާލް
· އަހުމަދު ޒުހޫރު
· އިރުތިޝާމް އާދަމް
· އަހުމަދު މަހުލޫފް
މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރުގެ ވަޒީރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ އިތުރުން އެކި ވަޒީރުންގެ ދައުރުގައި ކުޅިވަރުގެ ދާއިރާއިން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން އެތުލީޓުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، އަރުޝީފުކުރުމުގެ މަސައްކަތް ވަނީ ފެށިގެންގޮސްފައެވެ.