ENGLISH
26 ޖުލައި 2025
އިގުތިސާދުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކުރަން ފިޔަވަޅެއް؛ އެމްއެމްއޭގެ ޑޮލަރު އެމްއާރްއާރް ދަށްކޮށްފި
24 ޖުލައި 2025
|
މަރުކަޒީ ބޭންކުން ގެނައި ބަދަލާއެކު ޑޮލަރު އިގުތިސާދުގައި އިތުރުވާނެ
ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން އިގުތިސާދަށް ޑޮލަރު ނުކުންނަ މިންވަރު އިތުރުކުރުމަށްޓަކައި، މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިޒާވްގައި ބޭންކުތަކުން ޑޮލަރުން ބަހައްޓަންޖެހޭ ފައިސާގެ އަދަދު ދަށްކުރުމަށް ނިންމައިފިއެވެ.
ޑޮލަރ މިނިމަަމް ރިޒާވް ރިކުއަމެންޓް (އެމްއާރްއާރް) ނުވަތަ މަރުކަޒީ ބޭންކުގެ ރިޒާވްގައި ވިޔަފާރި ބޭންކުތަކުގެ ޑިޕޮސިޓުން ބަހައްޓަންޖެހޭ ބޭރު ފައިސާގެ އެންމެ މަދު މިންވަރު ދަށްކުރުމަށް މިއަދު އެމްއެމްއޭއިން ނިންމާފައިވެއެވެ. އެގޮތުން ކުރިން އެމްއާރްއާރް ކަނޑައަޅާފައިވާ %7.5 ގެ ބަދަލުގައި މިއަދުން ފެށިގެން އަމަލުކުރާ އެމްއާރްއާރްއަކީ %5.0 ކަމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވެއެވެ.
އެމްއާރްއާރްގެ ތައާރަފެއް:
އެމްއެމްއޭއިން ހާމަކުރި ގޮތުގައި ޑޮލަރުގެ އެމްއާރްއާރް ދަށްކުރި ނަމަވެސް ދިވެހި ރުފިޔާގެ އެމްއާރްއާރް ކުރިންވެސް ހުރި ގޮަތަށް %10 ގައި ހިފަހެއްޓުމަށްވަނީ ނިންމާފައެވެ. އެހެންކަމުން އެމްއެމްއޭގެ ނިންމުމާ ގުޅިގެން އިގުތިސާދުގައި ދައުރުކުރާ ދިވެހި ރުފިޔާ އިތުރުނުވާނެއެވެ.
މަރުކަޒީ ބޭންކުން ބުނެފައިވަނީ މި ނިންމުމާ ގުޅިގެން ބޭންކުތަކަށް ޑޮލަރުން ލޯނު ދޫކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ. އަދި އެ ނިންމުމާއެކު ލޯނު ދޫކުރަން ބޭނުންކުރަން ބޭންކުތަކަށް އެ ނިންމުމަށް އަމަލުކުރަން ފަށާ ވަގުތުން 45 މިލިއަން ޑޮަލަރު ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
މަރުކަޒީ ބޭންކުން ފާހަގަކުރި ގޮތުގައި އެކަމުގެ ސަބަބުން އިގުތިސާދުގައި ބޭރު ފައިސާ ދައުރުކުރާ މިންވަރު އިތުރުވެ، އިގުތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އިތުރު އެހީއެއް ލިބޭނެއެވެ.