ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ވަގުތު ޓެކްސީތަކާއި ކާރުތަކަށް އެއާޕޯޓަށް ނުވަދެވޭނެ

24 ޖުލައި 2025

|

އަޙުމަދު ޙަމީދު

ވީއައިއޭ ފުލުސް ޗެކްޕޮއިންޓް -- ފޮޓޯ: އެޑިޝަން

ވީއައިއޭގެ އާ ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް އެއާޕޯޓަށް ވަންނަ ޓެކްސީ އަދި ޕްރައިވެޓް ކާރުތައް އެއާޕޯޓް ޕޮލިސް ޕޯސްޓް ސަރަހައްދުން ޓްރެފިކަށް ބަންދު ކުރެވޭނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން ބުނީ ވީއައިއޭގެ އާ ޕަސެންޖާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ޖުލައި 26 ވަނަ ދުވަހުގެ ރޭ 7:00 އިން 11:30 އަށް އެއާޕޯޓަށް ވަންނަ ޓެކްސީ އަދި ޕްރައިވެޓް ކާރުތައް އެއާޕޯޓް ޕޮލިސް ޕޯސްޓް ސަރަޙައްދުން ޓްރެފިކަށް ބަންދު ކުރެވޭނެ ކަމަށެވެ.

ފުލުހުން ވަނީ އެކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށް ވެސް ބުނެފަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ތަރައްޤީގެ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ވީއައިއޭ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. ވީއައިއޭ އާ ޓާމިނަލް ހުޅުވުން އޮތީ މިނިވަން ދުވަހާއި ގުޅުވައި ޖުލައި 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އެ ރަސްމިއްޔާތަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ އެއް ރަސްމިއްޔާތަށް އެ ރަސްމިއްޔާތު ވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު