ENGLISH
10 ސެޕްޓެމްބަރު 2025
އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ ކާރެއް: އޭގައި ތިބި ދެ މީހުން ހޯދަނީ
24 ޖުލައި 2025
|
އެކްސިޑެންޓްވީ ކާރު އެހެން ސަރަހައްދަކަށް މަޑުކޮށް އޭގައި ތިބި ދެ މީހުން ފައިބައިގެން ކާރަށް ލިބުނު ގެއްލުން ބަލަނީ -- ފޮޓޯ: ޕޮލިސް
ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އިޢުލާނު ކޮށްފި އެވެ.
ފުލުހުން ވަނީ އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ ކާރާއި އެ ކާރުގައި ތިބި ދެ މީހުން ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. ވީޑިއޯގައި ފެންނަނީ އެކްސިޑެންޓަށް ފަހު މަޑުނުކޮށް އެހެން ސަރަޙައްދަކަށް ގޮސް ކާރު މަޑުކޮށް އެ ސަރަޙައްދަށް ކާރުގައި ތިބި ދެ މީހުން ފައިބައިގެން ކާރަށް ލިބުނު ގެއްލުން ބަލާ މަންޒަރެވެ.
ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުޤީޤު ކުރަމުންދާ، ހުޅުމާލެ ފޭސް 2 ވިނަރެސް 1 ކައިރި ރައުންޑް އެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ ދެ މީހުން ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހަކު ނަމަ އެމަޢުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅާ ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.