ENGLISH
10 ސެޕްޓެމްބަރު 2025
ނ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެއަށް ވަޑައިގެންފި
24 ޖުލައި 2025
|
ނ.އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެއަށް ވަޑައިގެންފިއެވެ.
ރައީސް ނ.އަތޮޅަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަށް ވަޑައިގަތެވެ. އެއީ ހެނބަދޫ، ހޮޅުދޫ، ޅޮހި، ކުޑަފަރި، ކެނދިކުޅުދޫ، ވެލިދޫ، މަނަދޫ، މަގޫދޫ، މާޅެންދޫ، މާފަރު، މިލަދޫ، ފޮއްދޫ އަދި ލަންދޫއެވެ.
ރައީސް ވަޑައިގެންނެވި ހުރިހާ ރަށެއްގައިވެސް ތަރައްގީގެ އައު މަޝްރޫއުތައް ފައްޓަވައިދެއްވިއެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ޕޮލިސް ސްޓޭޝަންތަކުގެ ބިންގާ އަޅުއްވާފައިވެއެވެ. އަދި ބައެއް ރަށްރަށުގައި ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުތަކުގެ ބިންގާވެސް އަޅުއްވާފައިވެއެވެ.
އޭގެ އިތުރަށް ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫއުތަކާއި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އަލީ މަސައްކަތް ފައްޓަވާފައިވެއެވެ. އަދި އެނޫން ބަައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުތައްވެސް މި ދަތުރުފުޅުގެ ތެރެއިން ބާއްވާފައިވެއެވެ.
ހަމައެހެންމެ މި ސަރުކާރު ހަވާލުވިއިރު މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ ތެރެއިން ސަރުކާރު ހަވާލުވެ ދުވެލި ހަލުއިކޮށް ފާއިތުވި މުއްދަތުގެ ތެރޭގަައި ނިންމާފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހުކޮށްދެއްވަައި ހިދުމަތް ފައްޓަވައިދެއްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވިއެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށެއްގައި ކުރިއަށްގެންދަން ނިންމާފައި ހުރި މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދެއްކެވިއެވެ.
އަދި ރަށްރަށްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން އެ ރަށްރަށުގައި ހިންގަމުންދާ އަދި ފަށަން ނިންމާފައިވާ މަޝްރޫއުތަކަށް ރައްޔިތުން ގެންނަން އެދޭ ބަދަލުތައް ރައީސާ ހިއްސާކުރުމުން އެމަނިކުފާނުވަނީ އެ ބަދަލުތައް ގެންނަވާނެކަން ރައްޔިތުންނާ ހިއްސާކުރެއްވިއެވެ.