ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޅޮހީގެ އިޚުތިސާސްގައި ގޯންބިލިވާދޫ ހިމަނައިދިނުމަށް އެދިއްޖެ

24 ޖުލައި 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނ. ޅޮއްސަށް ކުރެއްވި ދަތުރުފުޅުގައި، ޅޮހީ ކައުންސިލުން ވަނީ ރަށުގެ އިޚްތިޞާޞްގައި ގޯނބިލިވާދޫ ހިމަނައިދިނުމަށް އެދިވަޑައިގެންފައެވެ.

މި އެދިވަޑައިގަތުމަކީ ރަށުގެ ރައްޔިތުންނަށް އިތުރު މަންފާތަކެއް ލިބިގެންދާނެ ކަމެއްމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ސްކޫލްގައި ބޭއްވުނު ބައްދަލުވުމުގައި ކައުންސިލުން ހުށަހެޅުއްވި އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި:

  • ބަނދަރުގެ ނެރު ބަދަލުކޮށް، ފަސޭހަ ފަޅެއްގެ ގޮތުގައި ހެދުން
  • އޮޑި އެހެލާ ސަރަހައްދު ބަނދަރާއެކު ތަރައްޤީކުރުން
  • ސްކޫލަށް މަލްޓިޕަރޕަސް ހޯލަކާއި ރިސޯސް ރޫމުތައް ޤާއިމުކުރުން
  • ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއެކު، އާންމުންނަށާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދުތައް ތަރައްޤީކުރުން
  • ހައުސިންގ ސްކީމް ނެތް ރަށްރަށަށް ލޯނު ސްކީމެއް ހަމަޖެއްސުން
  • ބައިނަލްއަޤްވާމީ ފެންވަރަށް ރާޅާއަޅާ ސަރަހައްދު ތަރައްޤީކުރުން ހިމެނެއެވެ.

ރައީސް މުޢިއްޒު މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއާ ގުޅޭ މި ކަންކަމާ މެދު ސަމާލުކަން ދެއްވައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައި، ވީ އެންމެ އަވަހަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު