ENGLISH
10 ސެޕްޓެމްބަރު 2025
އަމާޒަަކީ ދެ އަހަރު ތެރޭ ސިއްހަތާއި ތައުލީމާއި ކުޅިވަރުގެ ދާއިރާއިން ކަންކަން ފުރިހަމަކޮށްދިނުން: ރައީސް
24 ޖުލައި 2025
|
ޅޮހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ އަމާޒަަކީ ތައުލީމާއި ސިއްހަތާއި ކުޅިވަރުގެ ދާއިރާއިން ރަށްރަށަށް ބޭނުންވެފައި ހުރި ކަންކަން މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސް ނިންމައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ފަހު މަންޒިލުކަމަށްވާ ނ.ޅޮއްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ޅޮހީގެ ތަަރައްގީއަށް ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި ރަށްްރަށަށް ބޭނުންވެފައި ކަންކަމުގެ ލިސްޓު ދިގުވަނީ ކުރީގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން ހަވާލުވެ ތިބި މީހުންނަށް އެކަންކަމުގެ ޒިންމާ ފުރިހަމައަށް އަދާނުކުރެވުމުން ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޅޮހީގައި ހިނގަަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބަނދަރުގެ މަޝްރޫއަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށާއި، ވީ އެންމެ ރަނގަޅަށް ރައްޔިތުން އެދޭ ގޮތަށް އެ މަސައްކަތް ނިންމުމަށް ސަަރުކާރުން މަސައްކަތްކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރަށު ސްކޫލު އެއް ދަންފަޅިއަކަށް ހިންގަމުންދާއިރު، އެ ރަށުގައި މިހާރު ހުރި ސްކޫލަކީ އުމްރާނީ ގޮތުން އެކަމަށް އެކަށީގެންވާ ސްކޫލެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ފާއިތުވި މުއްދަތުގައި ކޮންމެވެސް ސަބަބަކާހުރެ ރަށު ސްކޫލު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ނުކުރެވި ކަމަށެވެ. އެމަނިކުފާނުވަނީ ސްކޫލުން ފޯރުކޮށްދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ފަދަ ޖާގަ ތަނަވަސް ސްކޫލެއް ތަރައްގީކުުރުމުގެ މަސައްކަތް އަންނަ އަހަަރުގެ ބަޖެޓުގައި ހިމަނައިގެން ޖަނަވަރީ ހިސާބުގައި އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށެވެ. އަދި ގިނަވެގެން އަހަރެއްހައި ދުވަސް ތެރޭގައި އެވަރުގެ މަޝްރޫއެއް ނިންމައިލެވޭނެކަމަށްވެސް ރައީސް ވިިދާޅުވިއެވެ.
ސިއްހީ ދާއިރާއިން ބަލާއިރު، ލެބޯޓަރީ ހިދުމަތް ގާއިމުކުރުމާއެކު، ޖާގަ އިތުރުކުރުމާއި އިންސާނީ ވަސީލަތް ފުރިހަމަކުރުމަކީ ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ ސެޕްޓެންބަރް މަސް ތެރޭގައި އިތުރު މަޝްރޫއުތަކެއް ކުންފުނިތަކާ ހަވާލުކުރާއިރު އެ ރަށުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށް ނޮވެންބަރު ނުވަތަ ޑިސެންބަރުގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާަ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއަށް ބައްލަވައިލައްވަމުން ރައީސް ވިދާޅުވީ މިއަދު އެ ދާއިރާއިން ޅޮހީގައި ދެ މަޝްރޫއެއް ފެށިފައިވާ ކަމަށެވެ. އެއީ ފިޓްނަސް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމުގެ މަސައްކަތެވެ. އޭގެ އިތުރަށް އަޅަމުންދާ ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ނިންމާނެކަމަށް ވިދާޅުވިއެވެ. މިހާރު ސަރުކާރުގެ ވިސްނުމަކީ ފުޓުބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް ރޭގަނޑު ބޭނުންކުރެވޭ ގޮތަށް އަލިކުރުން ކަމަށާއި، އެގޮތުން މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ދަނޑުތައް އަލިކުރަންް ބޮކި ހަރުކުރުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޖުމްލަކޮށް މި ތިން ދާއިރާއަކީ، އާދެ ކުޅިވަރު ތައުލީމު އަދި ސިއްހަތަކީ، ރަށްރަށުގައި އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ފުރިހަމަކުރުމަށް މަސައްކަތްކުރާ ކަންކަން. ކޮންމެ ރަށެއްގައިވެސް އާބާދީއަށް ބެލުމެއް ނެތި މި ތިން ދާއިރާއިން ފުރިހަމަކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.
ޅޮހީގައި ސަރުކާރުން ހިންގަން ގަސްތުކުރާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބަނދަރުގެ މަޝްރޫއުގެ އެކްސްޓެންޝަނެއްގެ ގޮތުގައި ހިމަނައިގެން އެ މަޝްރޫއުގެ ތެރެއިން ރަށުގެ ވަށައިގެން ރިންގް ރޯޑެއް ތަރައްގީކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވީ ޕޮލިސް ޕޯސްޓު ހެދުމާއި ކުޑަކުދިންގެ ޕާކު އެޅުން ފަދަ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރުމަށް ކަނޑައަޅުއްވާފައިވާ މަސައްކަތްތައް މި އަހަރާއި އަންނަ އަހަރު ތެރޭ ފައްޓަވައިގެން ކުރިއަށްގެންދަވާނެ ކަމެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ އެ މަސައްކަތްތަކުގެ ބޮޑު ބައެއް ދެ އަހަރު ތެރޭ ނިންމަވައިލެއްވުންކަަމަށްވެސް ރައީސް ވިދާޅުވިއެވެ.