ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޕޯސްޓްމޯޓަމް ހެދުމަށް ފަހު އަބްދުއްރަހުމާނުގެ ހަށިގަނޑު ރާއްޖެ ގެނެސްފި

24 ޖުލައި 2025

|

އަޙުމަދު ޙަމީދު

އަބްދުއްރަަހްމާން އާދަމް

އަނިޔާވެރި ގޮތަކަށް މަރާލާފައިވަނިކޮށް އއ.މާޅޮހުން ފެނުނު އަބްދުއްރަަހްމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު މާލެ ގެނެސްފި އެވެ.

އަބްދުއްރަހްމާނު ވަރަށް ބޮޑަށް ޒަޚަމުކޮށްލާފައި އޮއްވާ ފެނުނީ އޭނާ އާއި އަނބިމީހާ ދިރިއުޅޭ ގެއިންނެވެ. ހަށިގަނޑު ފެނުނުއިރު ބޮލަށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަަމްކޮށްލާފައިވެ އެވެ.

އިތުރު ފަރުވާ ދިނުމަށް މާޅޮހު ސިއްހީ މަރުކަޒަށް އަބްދުއްރަހްމާން ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުން އެރޭގެ ފަތިހު އޭނާ ނިޔާވި އެވެ. 

އެ ދުވަހު ފުލުހުން ވަނީ އޭނާގެ ހަށިގަނޑު މާލެއަށް ގެނެސްފައެވެ. މާލެއަށް އޭނާގެ ހަށިގަނޑު ގެނައީ އޮޓޮޕްސީ ހެދުމަށް ބޭރަށް ފޮނުވުމަށެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިޔާގެ ޓްރިވެންޑްރަމަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު މިއަދު މާލެ ގެނެސް މިރޭ އިރާކޮޅު 7:50 ހާއިރު މޯޗަރީއަށް ލާފައިވާ ކަމަށެވެ.

މިހާތަނަށް އެ މަސައްލާގައި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަނުކުރެއެވެ. ފުލުހުންވަނީ އެ މައްސަލައާ ގުޅިގެން ފޮރެންސިކް ހެކިތައް އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ތަހުޤީޤުގެ ތެރެއިން ރަަށުގެ ބައެއް މީހުންނާ ސުވާލުކޮށްފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު