ENGLISH
03 ސެޕްޓެމްބަރު 2025
އޮސްޓްރޭލިއާގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމުގެ މުހިއްމު ހަރަކާތްތަކެއް
23 ޖުލައި 2025
|
ވިޒިޓް މޯލްޑިވްސް.
ވިޒިޓް މޯލްޑިވްސް އިން އޮސްޓްރޭލިއާގެ މަޝްހޫރު ޑެސްޓިނޭޝަން މާކެޓިން އެންޑް ޓްރެވަލް ޑިސްޓްރިބިއުޝަން ކުންފުންޏެއް ކަމަށްވާ، އިގްނައިޓް ޓްރެވަލް ގްރޫޕް (އައިޓީޖީ) އާ ގުޅިގެން އެ ޤައުމުގެ މާކެޓުގައި އެންމެ މަތީ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މާކެޓިން ކެމްޕެއިނެއް ފަށައިފި އެވެ.
މި ކެމްޕެއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނަކީ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުކޮށް އޮސްޓްރޭލިއާއިން ފަތުރުވެރިކަން ޑްރައިވް ކުރުމަށް ވިޒިޓް މޯލްޑިވްސްގެ މަގްސަދުތަކާ ސްޓްރެޓެޖިކް ގޮތުން ގުޅިފައިވާ ކެމްޕޭނެކެވެ. މިއީ އިގްނައިޓް ޓްރެވަލް ގްރޫޕްގެ ފުޅާ ތަޖުރިބާ އާއި މަލްޓި ޗެނަލް އެޕްރޯޗް ބޭނުންކޮށްގެން ރާއްޖެ އަކީ ޕްރިމިއާ، އެކްސެސިބަލް އަދި އެކްސްޕެރިޝަނަލް ޓްރެވަލް މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމެވެ.
މީގެއިތުރުން، ފްލައިޓް ސެންޓަރާއި މައި ހޮލިޑޭ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް، އެ ކުންފުނީގެ ފްލެގްޝިޕް ބްރޭންޑް މައި މޯލްޑިވްސް އާއެކު، އޮސްޓްރޭލިއާގެ ޕްރީމިއަމް ފަތުރުވެރިންނަށް، ކަޕަލްސްއާއި ހަނީމޫންއަށް ދަތުރުކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތަޖުރިބާތައް އިޝްތިހާރުކުރުމަށް އެހީތެރިވެދެއެވެ. މި ކެމްޕެއިންގައި އޮސްޓްރޭލިއާގެ ބޮޑެތި މީޑިއާ ޕްލެޓްފޯމްތަކުގައި ޓްރެޑިޝަނަލް ޕްރެސް ކަވަރޭޖާއި ޑިޖިޓަލް ޑިސްޕްލޭ އިޝްތިހާރުގެ ޒަރިއްޔާއިން އެންގޭޖްމެންޓް އިތުރު ކުރުމަށް ބާރުއަޅައެވެ.
މި ސްޓްރެޓެޖިކް ކެމްޕެއިންގެ އަމާޒަކީ ރާއްޖޭގެ ލޯ ސީޒަންގެ ތެރޭގައި އޮސްޓްރޭލިއާގެ އައުޓްބައުންޑް މާކެޓަށް ވާސިލުވުމެވެ. އެގޮތުން، މަޑުކުރާ މުއްދަތާއި ޒިޔާރަތްކުރާ މީހުން ޚަރަދުކުރާ މިންވަރު އިތުރުކުރުމަށް އިސްކަންދެއެވެ. މި ކެމްޕޭނަކީ ކަޕަލްސްއާއި ލަގްޒަރީ ޓްރެވަލް އެކްސްޕީރިއެންސްތައް ހޯދާ އާއިލާތައް ފަދަ މުހިންމު ކަސްޓަމަރުންގެ ސެގްމެންޓްތަކަށް ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ކެމްޕޭނެކެވެ.
ވިޒިޓް މޯލްޑިވްސް އިން އޮސްޓްރޭލިއާގެ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ޕްރެޒެންސް އިތުރުކުރުމަށް ތަފާތު މާކެޓިންގ އަދި ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިންގަޕޫރު އެއާލައިންސްއާއި މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ޖޮއިންޓް މާކެޓިންގ ހަރަކާތްތައް ހިމެނެއެވެ.
އޮސްޓްރޭލިއާގެ ފަތުރުވެރިންގެ ދަތުރުފަތުރުގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ދަރަޖަ އިތުރަށް ހަރުދަނާ ކުރުމަށް ވިޒިޓް މޯލްޑިވްސް އިން މިހާތަނަށް ވެސް ކުރަމުން ގެންދާ މާކެޓިންގ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު މާކެޓެކެވެ. އެގޮތުން، މި އަހަރުގެ ޖޫން މަހުގެ 29 ގެ ނިޔަލަށް އޮސްޓްރޭލިއާ އިން ވަނީ، 20،613 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.