ENGLISH
21 ޖުލައި 2025
ށ. މިލަންދޫގައި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީ ކޯޓެއް ޤާއިމުކޮށްފި
21 ޖުލައި 2025
|
މިލަންދޫގައި ތަރައްޤީ ކޮށްފައިވާ ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީކޯޓު. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫގައި ޒަމާނީ ފެންވަރުގެ އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ޤާއިމުކޮށްފިއެވެ.
ށ. މިލަންދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢަކީ، އިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މީގެ ދެ އަހަރެއްހާ ދުވަސްކުރީން، 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކުރުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ.
މިއީ މިދިޔަ ސަރުކާރުން މަސައްކަތް ފެއްޓި ނަމަވެސް ނުނިމި ހުއްޓިފައިވަނިކޮށް، މި ސަރުކާރުން އަލުން މިމަސައްކަތްފަށާ ހަލުވި ދުވެލީގައި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިންމި ވޮލީކޯޓެކެވެ.
ގާތްގަނޑަކަށް 1.90 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތްތައް މި މަހުގެ ތެރޭގައި ވަނީ ނިންމާލައިފައެވެ. މި ވޮލީ ކޯޓުގައި ކުރެވިފައިވާ މަސައްކަތުގެ ތެރޭގައި ބިންހިއްކުމާ ފެންސް ޖެހުމުގެ އިތުރުން ރޭގަނޑަށްވެސް ބޭނުންކުރެވޭނެހެން ލައިޓް ހަރުކުރުން ހިމެނެއެވެ.
މިއީ ރާއްޖޭގެ އެކި ރަށް ރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެފައިވާ ފަދައިން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.