ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

އެސްޑީއެފްސީ ބީއެމްއެލްގެ ދަށަށް؛ ބޭންކުގެ އަމާޒު ބޮޑު ބަދަލަަކަށް

20 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު، ފޮޓޯ: މިހާރު

ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ އެއްގޮތަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްގެ ދަަަށަށް ގެނެސް، ޝަރީޢާއަށް ފެތޭ ގޮތަށް ޑިޖިޓަލް ހިދުމަތަށް އިސްކަންދޭ ސަބްސިޑަރީއެއްގެ ގޮތުގައި ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ މާލީ ހިދުމަތް ދޭ މަންސައެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ. 

ބީއެމްއެލްއިން ބުނެފައިވާ ގޮތުގައި އެސްޑީއެފްސީ ބޭނުންކުރާނީ މައިކްރޯ ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާއަށް ވާސިލުވެވޭނެ މަގުތައް ފަހިކުރުމަށެވެ. ހާއްސަކޮށް މިހާރު އެކަށީގެންވާ ގޮތަށް ފައިސާ ލިބުމުގައި ދަތިތައް ހުރި، އަލަށް ފަށާ ވިޔަފާރިތަކާއި އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި އެގްރިވިޔަފާރިތަކާއި އީ-ކޮމަސް ވިޔަފާރިތަކަށް އެ މަންސަަ މެދުވެރިކޮށް ވިޔަފާރި ފޯރުކޮށްދޭނެއެވެ. 

ބޭންކުން ބުނި ގޮތުގައި އެސްޑީއެފްސީ ގަތުމަށް ނިންމީ ދުރުވިސްނުމެއްގެ ތެރެއިން ބީއެމްއެލްގެ މާލީ ގާބިލުކަމާއި، ގައުމީ ފެންވަރުގައި ގާއިމުކޮށްފައިވާ ފުޅާ ވިއުގައާއި، އިތުރުވަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާގެ އެހީގައި އެމްއެސްއެމްއީ ބޭންކިން ދާއިރާއަށް ޑިޖިޓަލް އިންގިލާބެއް ގެނައުމުގެ ބޭނުމުގައެވެ. 

އަދި ވަކިވަކި ހާލަތްތަކަށް ރިއާޔަތްކޮށްގެން މާލީ ހައްލުތައް ތައްޔާރުކޮށް ފޯރުކޮށްދޭ އަސާސީ ބާޒާރަށް އެސްޑީއެފްސީ ބަދަލުކޮށް، ޑިޖިޓަލް ލެންޑިންއާއި ޑިޖިޓަލް ބާޒާރުތައް ގާއިމުކުރުމާއެކު، ފައިނޭންސިން ހޯދޭނެ ފަސޭހަ މަގުތައް ކޮށައި، އެކި ސިނާއަތްތަކަށް ބޭނުންވާ މާލީ ހޭލުންތެރިކަން އުފައްދާ މަންސައަކަށް އެސްޑީއެފްސީ ހަދާނެ ކަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ. 

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީން ލިބުނު އެހީތެރިކަމާއެކު އިގުތިސާދީ ކުރިއެރުމާއި އުފެއްދުންތެރިކަމުގައި އެފަދަ ވިޔަފާރިތަކުގެ ހިއްސާއަކީ މުހިއްމު ހިއްސާއެއް ކަމުގައެވެ. ޝަރީއަށް ފެތޭ ހިދުމަތްތަކާއެކު އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާގެ އެހީ ދިނުމުގެ ދާއިރާ އެއްކޮށް ބަދަލުކޮށްލާނެ ކަމުގައި ސީއީއޯ ވިދާޅުވިއެވެ. 

ބީއެމްއެލްގެ ދަށުން ހިންގާ ފުރަތަމަ ޑިޖިޓަލް ފަސްޓް ޝަރީޢާއަށް ފެތޭ ހިދުމަތް ދޭ ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީ ގާއިމުކުވުމުން މިހާރު އެސްޑީއެފްސީން ފޯރުކޮށްދޭ ލޯނުތަކަށްވުރެ އެތައް ގުނައެއް އިތުރަށް އެ ސަބްސިޑަރީން ލޯނު ދޫކުރާނެ ކަމުގައި ބީއެމްއެލްއިން ބުނެއެވެ. 

އެގޮތުން ފުރަތަމަ ބީއެމްއެލްއިން އެ ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެއެވެ. އަދި ތިން އަހަރުގެ ތެރޭގައި އިިތުރު 300 މިލިއަން ރުފިޔާގެ އިންވެސްޓުމެންޓު މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިިނިޝިއޭޓިވްގެ ތެރެއިން ދޫކުރާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު