ENGLISH
19 ޖުލައި 2025
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ރައީސް ވާހަކަ ދައްކަވަނީ
15 ޖުލައި 2025
|
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ. މި އެޕިސޯޑުގައި ރައީސް ވަނީ ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުންކަމުގައި ވިދާޅުވެފަ. އިންތިޤާލީ މަރުޙަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްކަމަށާ، އެދުވަހު ދެއްވި ބަސްދީގަތުމުގައިވެސް ވިދާޅުވެފައިވާނެ ފަދައިން، އައު ޓަރމިނަލްގެ މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢުކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި.