ENGLISH
15 ޖުލައި 2025
ބިލިއާޑް 9-ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދުންޔާޒް އާއި ފަގީހާ ހޯދައިފި
14 ޖުލައި 2025
|
މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދުންޔާޒް (ވ) އާއި ފަގީހާ. --ފޮޓޯ: އެމްޕީބީއޭ
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބޭއްވީ "އެމްޕީބީއޭ 9 ބޯލް ޗެމްޕިއަންޝިޕް 2025" ގެ ޗެމްޕިއަންކަން މުޙައްމަދު ދުންޔާޒް އާއި ފަގީހާ އިބްރާހިމް ހޯދައިފިއެވެ.
ޤައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މުޙައްމަދު ދުންޔާޒް ހޯދީ ފައިނަލުގައި އިސްމާއިލް ޖީހާން ބަލިކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗު ފެށިގެން 3-1 ފްރޭމުން ދުންޔާޒް ލީޑު ނަގާފައިވަނިކޮށް، ޖީހާން ވަނީ 3-3 އިން އެއްވަރުކޮށްފައެވެ. އޭގެފަހުން، 5-3 ފްރޭމުން ޖީހާން ލީޑު ނެގިއެވެ.
އަދި، އޭގެފަހުން، ދުންޔާޒް ނަތީޖާ އެއްވަރުކުރުމަށްފަހު، ފަހުން 7-5 ފްރޭމުން ދުންޔާޒް ލީޑު ނަގާފައިވަނިކޮށް، އަނެއްކާވެސް ޖީހާން ހަމަހަމަކުރިއެވެ. މެޗުގެ ފަހުބައިގައި އިތުރަށް ވާދަވެރިކޮށް ދިޔައިރު، 9-8 ފްރޭމުން ޖީހާން ކުރީގައި އުޅެނިކޮށް، ދުންޔާޒް އެއްވަރުކުރުމަށްފަހު، ނަތީޖާ އަނބުރާލައި މެޗު ކާމިޔާބުކުރީ 11-9 ފްރޭމުންނެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފަގީހާ ހޯދީ، ފައިނަލުގައި ދީނާ އަހުމަދު ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމަކަށްފަހު ފަގީހާ މި މެޗު ކާމިޔާބުކުރީ 7-4 ފްރޭމުންނެވެ.