ENGLISH

13 ޖުލައި 2025

Advertisement

ޤައުމީ ކެރަމް މުބާރާތް: އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ ހެންވޭރަށް، ނިއު އަށް ރަނގަޅު ކާމިޔާބީއެއް!

12 ޖުލައި 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ޓީމް އިވެންޓްގައި ކުޑަ ހެންވޭރު ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ކުޑަ ހެންވޭރު ޔުނައިޓެޑް

މިހާރު ކުރިއަށްދާ 34 ވަނަ ޤައުމީ ކެރަމް މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ކުޑަ ހެންވޭރު ޔުނައިޓެޑުން ހޯދިއިރު، މި ފަހަރު މުޅިން އަލަށް ބައިވެރިވި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރަނގަޅު ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ކުޑަ ހެންވޭރުން ވަނީ ފައިނަލުގައި ސީދާ ތިން ސެޓުން ތުޅާދޫ ޔަންގް އީގަލްސް އަތުން މޮޅުވެފައެވެ. މި އިވެންޓްގެ ތިންވަނަ މަގާމު ހޯދީ އައިލެންޑާސް ހޯޕް އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުޑަ ހެންވޭރުން ހޯދީ ފައިނަލުގައި 2-1 ސެޓުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. މި އިވެންޓުން ތިންވަނަ އަށް ދިޔައީ، ސްޕޯޓްސް ކްލަބް ފަހުލަވާން އެވެ.

މި ފަހަރު ޤައުމީ ކެރަމް މުބާރާތުގައި މުޅިން އަލަށް ބައިވެރިވި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އަންހެން ޓީމުން ރަނަރަޕް މަގާމް ހާސިލްކުރިއިރު، ފިރިހެން ޓީމަށް ނާކާމިޔާބުވީ ތިންވަނަ ހޮވާ މެޗުންނެވެ.

ޤައުމީ މުބާރާތުގައި މިހާރު ކުރިއަށްދަނީ އަންހެން އަދި ފިރިހެން ސިންގަލްސް އިވެންޓްގެ މެޗުތަކެވެ. މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެގޮތުން، މާދަމާ ހަވީރު ކުޅޭ މެޗުގައި މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި އައިމިނަތު ވިދާދް ނުކުންނާނީ އައިޝަތު ނަހުފާއާ ދެކޮޅަށެވެ. ފިރިހެން ސިންގަލްސް ފައިނަލުގައި މާދަމާ ރޭ އިސްމާއިލް އަޒްމީން ބައްދަލުކުރާނީ އިބްރާހިމް ހުޖާން އަލީ އާ އެވެ.

ކިޔުންތެރިންގެ ހިޔާލު