ENGLISH

12 ޖުލައި 2025

Advertisement

ޖޮޓާގެ ހަނދާނުގައި ލިވަރޕޫލުން 20 ނަންބަރު ޖަރޒީ ރިޓަޔަރ ކޮށްފި

12 ޖުލައި 2025

|

އިސްމާއީލް ރާތިއު

ފޮޓޯ: ލިވަރޕޫލް އެފްސީ ވެބްސައިޓް

ކާރު އެކްސިޑެންޓެއްގައި މި މަހުގެ ތިންވަނަ ދުވަހު މަރުވި ލިވަރޕޫލްގެ ފޯވާޑް، ޑިއޯގޯ ޖޮޓާގެ ހަނދާނުގައި، އެ ކުލަބުގައި ޖޮޓާ ބޭނުންކުރި 20 ނަންބަރު ޖަރޒީ، އެ ކުލަބުގެ ހުރިހާ ގިންތިއަކުން ރިޓަޔަރކުރަން އެ ކުލަބުން ނިންމައިފިއެވެ.

ލިވަރޕޫލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ، ޖޮޓާގެ ޢާއިލާއާ މަޝްވަރާކުރުމަށްފަހު، އެ ކުލަބުގެ އަންހެން ޓީމާއި އެކެޑަމީވެސް ހިމެނޭ ގޮތަށް، ކުލަބުގެ ހުރިހާ ގިންތިއެއްގައި 20 ނަންބަރު ޖަރޒީ ބޭނުންކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެ ކުލަބުން ބުނެފައިވަނީ މި ނިންމުމަކީ ހަމައެކަނި، ޖޮޓާ، ދަނޑުމަތީގައި ހޯދާފައިވާ ޢަދަދު ނުކުރެވޭނެ ކާމިޔާބީތަކަށް ބަލާފައި ނިންމި ނިންމުމެއް ނޫން ކަމަށާއި، ނަމަވެސް ޖޮޓާގެ ޓީމްމޭޓުންނާއި، ޓީމުގައި އެކި ފެންވަރުގައި ޖޮޓާ އާ އެކުގައި މަސައްކަތް ކޮށްފައިވާ އެކި މީހުނާއި ޓީމުގެ ސަޕޯޓަރުންނާ މެދު އުފެދިފައިވާ ގާތް ގުޅުންތަކުގެ ސަބަބުން، އެ އެންމެންގެ އެދުމުގެވެސް މަތިން ކަމަށް ލިވަރޕޫލުން ބުނެފައިވެއެވެ.

"ކުލަބެއްގެ ހައިސިއްޔަތުން، އަހަރުމެންގެ ސަޕޯޓަރުންގެ އިހުސާސްތައް އަހަރުމެން ވަރަށް ރަނގަޅަށް ދަންނަން. އަދި އަހަރުމެންގެ އިހުސާސްތަކަކީވެސް ހަމަ އެއީ..." ލިވަރޕޫލް ފުޓްބޯލް ކުލަބު ހިންގާ ޖަމިއްޔާ ކަމަށްވާ، ފެންވޭ ސްޕޯޓްސް ގުރޫޕް (އެފްއެސްޖީ) ގެ ސީއީއޯ، ފުޓްބޯލް، މައިކަލް އެޑްވަރޑްސް ބުނެފައި ވެއެވެ.

ކުލަބުން އިތުރަށް ބުނެފައި ވަނީ، ޖޮޓާ މަރުވިފަހުން އޭނާގެ ހަނދާނުގައި ބާއްވަމުން އަންނަ ހަރަކާތްތަލުން، އޭނާގެ ސަޕޯތަރުންނާއި، އެކުގައި މަސައްކަތް ކޮށްފައިވާ އެންމެންގެ ހިތުގައި ޖޮޓާއަށް އަދިވެސް ދެވިފައިވާ މަގާމު، ސާފުކޮށް ދައްކުވައިދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު