ENGLISH

04 ސެޕްޓެމްބަރު 2025

Advertisement

ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް: ހުރާ ބަލިކޮށް، އެޗްޑީސީ ތިންވަނަ ސެމީ އަށް

11 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ހުރާ ޓީމު އަތުން ޕޮއިންޓެއް ހޯދުމަށްފަހު އެޗްޑީސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ، ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް، ކްލަބް އެޗްޑީސީ އިން އެ މުބާރާތުގެ ތިންވަނަ ސެމީން ޖާގަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗު އެޗްޑީސީ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓުން ވާދަވެރި ކުޅުމަކަށްފަހު އެޗްޑީސީން ކުރިހޯދީ 26-24 އަދި 28-26 އިންނެވެ. ފުރަތަމަ ދެ ސެޓާ ހިލާފަށް ތިންވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއްނެތި އެޗްޑީސީ ކާމިޔާބުކުރީ 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޝަމާއިލް ހުސައިން އެވެ.

މި މެޗުން މޮޅުވުމާއެކު އެޗްޑީސީން ތިންވަނަ ސެމީގައި ނިކުންނަން ޖެހޭނީ މިރޭ ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ސެމީގައި ދިވެހި ސިފައިންގެ ކްލަބާ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކުޅެގެން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އެންމެ ފަހުގެ ޤައުމީ ވޮލީ ލީގުގެ އެންމެ ކުރީގައި އޮވެ، ނިންމާލީ މި ދެ ޓީމުގެ މި ކުރިމަތިލުމުން މޮޅުވާ ޓީމަކަށް ފައިނަލްގެ ސީދާ ޖާގައެއް ލިބޭނެ އެވެ.

މި މުބާރާތުގެ ތިންވަނަ ސެމީ މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮތީ މި މަހުގެ 14 ވާ ހޯމަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު