ENGLISH
12 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން "ހިނިތުން 2025" ގައި ބައިވެރިވެވަޑައިގެންނެވުން
11 ޖުލައި 2025
|
ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް "ހިނިތުން 2025" ގެ އިފުތިތާޙީ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފި. މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްކަމުގައި ވިދާޅުވެފައި. ސިއްޙީ ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، ކޮންފަރަންސުން ހާސިލުކުރެވޭ ކަންކަމުގެ އަލީގައި ދަތުގެ ސިއްޙަތާ ގުޅުންހުރި މޮޑެލްތައް، ބަދަލުވަމުން އަންނަ އާބާދީގެ ބޭނުންތަކާ އެއްއުއިވާ މޭރުމަކުން އަލުން ބައްޓަންކުރެއްވުމަށް އިލްތިމާސްކުރައްވާފަ. މީގެ އިތުރުން، ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ޚިދުމަތް ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކުރުން ފަދަ، ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވި.