ENGLISH

06 ޖުލައި 2025

Advertisement

މައްޗަންގޯޅީ ގެއަކުން ވަގަށްނެގި 60،000 އަށްވުރެ އަގުހުރި ތަކެތި ހޯދައިފި

06 ޖުލައި 2025

|

އިސްމާއީލް ރާތިއު

ފޮޓޯ: ޕޮލިސް

މާލޭ، މައްޗަންގޯޅީ ގެއަކުން ވައްކަން ކޮށްގެން ޖޫން މަހުގެ 29 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، 60،000 ރުފިޔާއަށްވުރެ އަގުހުރި ތަކެތި ހޯދާ، ވެރިފަރާތާއި ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މި މައްސަލައާ ގުޅިގެން މިހާތަނަށް، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑްތަކުގެ އަވިއައިނު، ޕްރިންޓަރު، އެކި ބްރޭންޑްތަކުގެ ހާޑް ޑްރައިވްގެ އިތުރުން ސްޕީކަރުގެ އިތުރުން އަތުކުރި ގަޑިއާއި އަދިވެސް އިތުރު ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު ހޯދިފައިވާ ތަކެތީގެ އަގު 60،000 ރުފިޔާއިން މަތިވާނެ ކަމަށާއި، ވަގަށް ނަގާފައިވާ ތަކެތީގެ ތުމްލަ އަގު، 72،000 ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ތަކެތީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ނުފެނި ހުރި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު