ENGLISH

06 ޖުލައި 2025

Advertisement

މިދިޔަ މަހު އެމްޕީއެލް ބަނދަރަށް 15 ކޮންޓެއިނަރު ބޯޓު، ކްލިއަރ ކުރީ 5،940 ކޮންޓެއިނަރުގެ މުދާ

06 ޖުލައި 2025

|

ޝާމަ ޝުޢައިބު

މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރަށް މިދިޔަ މަހު 15 ކޮންޓެއިނަރު ބޯޓު ބަނދަރު ކޮށްފައިވާ ކަމަށާއި، ކްލިއާރ ކޮށްފައިވަނީ 5،940 ކޮންޓެއިނަރުގެ މުދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި ޖޫން މަހު އެމްޕީއެލް ބަނދަރަށް 17 ކޮންވެންޝަނަލް ބޯޓާއި 15 ކޮންޓެއިނަރު ބޯޓު ބަނދަރުކޮށްފައިވެއެވެ. އޭގެތެރޭގައި 20 ފޫޓުގެ 2334 ކޮންޓެއިނަރާއި 40 ފޫޓުގެ 1798 ކޮންޓެއިނަރު ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖޫން މަހު އެމްޕީއެލް އިން ވަނީ 5،940 ކޮންޓެއިނަރުގެ މުދާ ކްލިއާ ކޮށްފައެވެ.  މާލޭ ވިޔަފާރި ބަނދަރަށް ކްލިއާކުރި ޕެރިޝަބަލް ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު އެންމެ ގިނައިން ކްލިއާ ކޮށްފައިވަނީ ބިސް، ފިޔާ، ކަރާ، އަލުވި، ޓޮމާޓޯ، ކެބެޖު، އަލަނާސި، ދޮންކެޔޮ، ބަރަބޮލެވެ.

މި ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު 53 ޓަނުގެ ބިސް، 35 ޓަނުގެ ފިޔާ، 30 ޓަނުގެ ކަރާ، 20 ޓަނުގެ އަލުވި އަދި 14 ޓަނުގެ ޓޮމާޓޯ ކްލިއާ ކޮށްފައިވެއެވެ. މީގެ އިތުރުން 11 ޓަނުގެ ކެބެޖް، ނުވަ ޓަނުގެ އަލަނާސި، ނުވަ ޓަނުގެ ދޮންކެޔޮ، ތިން ޓަނުގެ ބަރަބޯ އަދި ހަތަރު ޓަނުގެ އެހެނިހެން ކާބޯތަކެތި ހިމެނޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގައި މުޅިން އާ ދާއިރާއެެއްގެ ގޮތުގައި ސީޓުއެއަރ ކާގޯގެ ހިދުމަތް ފެށުމާއި އުތުރުގެ މެރިޓައިމް ސާވިސްގެ ޚިދުމަތް ތައާރަފްކޮށްފައެވެ. 

އެމްޕީއެލްއަކީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސް ކުރުމަށް އެމްޕީއެލްގެ ލާނިންގ ޑިޕާޓްމެންޓް މެދުވެރިކޮށް ކޮންމެ އަހަރަކު ވެސް ގިނަ ކޯސްތަކާއި ތަމްރީނުތައް ހިންގުމާއި އަދި އެޕްރެންޓިސް ޕްރޮގްރާމްތަކާއި އިންޓާރންޝިޕް ޕްރޮގްރާމްތައް ހިންގަމުންދާ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު