ENGLISH
02 ޖުލައި 2025
އެމްއޭސީއެލް އަށް މިދިޔަ އަހަރު ރެކޯޑް އަދަދެއް ކަމަށްވާ 1.1 ބިލިއަން ރުފިޔާގެ ފައިދާ
29 ޖޫން 2025
|
އެމްއޭސީއެލްގެ އާ ޓާރމިނަލް ރައީސް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެމްއޭސީއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއް ކަމަށްވާ 1.1 ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ އެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި އެ ކުންފުނީގެ އަހަރީ ޢާއްމު ޖަލްސާގައި ވަނީ ކުންފުނީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ހާމަކޮށްފަ އެވެ.
މިދިޔަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހޭދަވި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާ އިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ އެމްއޭސީއެލްގެ ތާރީޚުގައި ވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެމް.އޭ.ސީ.އެލްއިން އެންމެ އިސްކަމެއް ދީގެން މި ވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. އެމްއޭސީއެލްގެ އާ ޕެސެންޖަރ ޓާމިނަލް ހުޅުވާއިރު، އެތަނު ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭ.ސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއް ވަނީ ޤާއިމްކުރެވިފައެވެ. އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ފަސިންޖަރުންނާއި އެއާލައިންތަކާއި ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.