ENGLISH
20 ޖޫން 2025
މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ ހަތް ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަތުން
19 ޖޫން 2025
|
މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓުގެ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މުހިންމު އިޖުތިމާޢީ މައްސަލަތަކަށް އަލިއަޅުއްވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވާހަކަފުޅުދައްކަވައިފި. އެގޮތުން، ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާއި، ކުޑަކުދިންގެ ޢަދުލާއި، ކުޑަކުދިން ޤާނޫނާ ޚިލާފުވާ މައްސަލަ އާއި، ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މައްސަލަތަކަށް ޙައްލު ހޯދުމުގައި ހުރި ދަތިތަކާއި ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި. ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާމެދު ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، އޮންލައިން މަންސަތަކުގައި ކުރާ މަލާމާތާއި ފުރައްސާރަ، އަދި އެފަދަ މަންސަތަކުގައި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތަކުގެ ގެއްލުންދެނިވި އަސަރުތަކުގެ މައްޗަށް ބައްލަވާލައްވާފަ. މީގެ އިތުރުން ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް ގަނާކުރުމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާއި، ޑިޖިޓަލް ސިޓިޒަންޝިޕް ކުރިއެރުވުމުގެ މުހިންމުކަމާމެދު އެކަމަނާ ވާހަކަފުޅުދައްކަވާފައިވޭ.