ENGLISH
19 ޖޫން 2025
ފަސްޓް ލޭޑީ، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ ހަތްވަނަ ސަމިޓުގެ އިފްތިތާޙީ ސެޝަންގައި ބައިވެރިވެވަޑައިގަތުން
18 ޖޫން 2025
|
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި މިހާރު ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމް.އެފް.އެފް.އެލް.އައި) ގެ 7 ވަނަ ސަމިޓު ގެ އިފްތިތާޙީ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަޤުރީރުކުރައްވައިފި. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޚައިރާތު ފައުންޑޭޝަނެއްގެ ގޮތުގައި 8 އަހަރު، އަދި ފައުންޑޭޝަންގެ 13 އަހަރު ދުވަހުގެ ދިގު ތާރީޚުގައި އިޖުތިމާޢީ ތަރައްޤީގެ ތަފާތު ޕްރޮގްރާމްތައް، މެރކް ފައުންޑޭޝަނުން ހިންގާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވި. އަދި މެރކް ފައުންޑޭޝަންގެ "މޯ ދޭން އަ މަދަރ" ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ ޢައްޔަންކުރެއްވިކަމަށްޓަކައި، އެ ފައުންޑޭޝަނަށް ޝުކުރު އަދާކުރެއްވި. ހަމަ މިއާއެކު، ދަރިމައިވުމާއި އެމްބްރިޔޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް، ފައުންޑޭޝަނުން ސްކޮލަރޝިޕްގެ ފުރުސަތު ދޭކަން ފާހަގަކުރައްވައި، އެކަމަށްޓަކައިވެސް ޝުކުރު އަދާކުރެއްވި. މިއީ ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލުން މަދު، އެހެން ނަމަވެސް މުހިންމު ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.