ENGLISH

18 ޖޫން 2025

Advertisement

މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމް

17 ޖޫން 2025

|

ހަސަން އާމިރު

ޤުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީ ގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވެގެން ދިޔައީ، އުނދަގޫ ކަންކަން ތަޙައްމަލުކޮށް، ކެތްތެރިވެ، ހާލަތާއެއްގޮތަށް މަސައްކަތް ކޮށްގެން ކަމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ވިދާޅުވެއްޖެ. ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް، ޑޮކްޓަރ ވަޙީދު މިފަދައިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި، ދިވެހިރާއްޖޭގެ ވިލުންތެރިކަމާއި، ގެންނަމުންދާ އިޞްލާޙީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ވުނަކުރެވޭނެ ކަމުގެ ދަލީލު ދައްކަވައި، ވާހަކަފުޅުދައްކަވަމުން. ވުނޭރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ހާޒިރުގައި ވާހަކަފުޅު ދައްކަވަމުން، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑޮކްޓަރ ވަޙީދު ވަނީ، ވަކީން ޚާއްޞަކޮށް 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ، ހިރާސް ބޮޑު ޤައުމެއްގެ ގޮތުގައި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލިކަން ފާހަގަކުރައްވާފަ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާއިއެކު އެ ހީކުރުންތައް ބާޠިލުކުރަންޖެހުނު ކަމުގައި އެމަނިކުފާނު ވިދާޅުވި. އަދި އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެންވީ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހީންގެ ތަފާތުކަމާއި އަޒުމުގެ ސާބިތުކަމާއި، ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމުގައިވެސް ޑޮކްޓަރ ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.

ކިޔުންތެރިންގެ ހިޔާލު