ENGLISH
16 ޖޫން 2025
"ފަށާ މަދަދު ލޯން" ގެ ދެވަނަ ބުރަށް ހުޅުވާލައިފި
15 ޖޫން 2025
|
ރައީސްގެ ދެކަނބަލުން އުފެއްދުންތެރިކަމުގެ މައުރަޒުގައި -- ފޮޓޯ: ރައީސް އޮފީސް
"ފަށާ މަދަދު ލޯން" ގެ ދެވަނަ ބުރުގެ ލޯނަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ކުރިއަށް ގެންދާ މި ލޯން ޕްރަގްރާމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަށާފައިވާ ޕްރަގްރާމެކެވެ.
އެ މިނިސްޓްރީން ބުނީ "ފަށާ މަދަދު ލޯން" ސްކީމްގެ ދެވަނަ ފިޔަވައްސަށް މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ފަށާ މަދަދު ލޯން ސްކީމަކީ 100 މިލިއަން ރުފިޔާގެ ލޯން ސްކީމެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ފަށާފައިވާ ސްކީމެކެވެ.
މި ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދޫކުރާނެ އެވެ.
މި ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.