ENGLISH
02 ޖުލައި 2025
އެސްޓީއޯ ރަމަޟާން ބާޒާރު 2025ގެ 1 ލައްކަ ރުފިޔާ ލިބޭ ނަސީބުވެރިޔާ ހޮވައިފި
15 ޖޫން 2025
|
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގްއިން 2025 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ކުރިއަށް ގެންދިޔަ ރަމަޟާން ބާޒާރު 2025 ޕްރޮމޯޝަންގެ 100,000 ރުފިޔާގެ އިނާމުގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
މި ނަސީބުވެރި ފަރާތް ހޮވީ، މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަރ މާޓުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައެވެ.
މި އިނާމަކީ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500 ރުފިޔާއިން މަތިން ވިޔަފާރިކުރި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު ނަސީބުވެރިޔާއަށް ދެވުނު 100,000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގައި މާލެ އާއި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުގައި ތަފާތު އެކި އިނާމުތަކާއި ޑިސްކައުންޓްތަކާއެކު ވިޔަފާރިކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދިޔައެވެ.
މީގެ އިތުރުން، ކޮންމެ ހަފުތާއަކު ވިޔަފާރިކުރި ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިންނަށް ހަދިޔާގެ ގޮތުގައި ގިފްޓް ހެމްޕަރތައްވެސް ދެވުނެވެ.
މި ފަދަ ޕްރޮމޯޝަންތައް ބޭއްވުމުގެ މަޤްޞަދަކީ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ހޯދައިދިނުމާއެކު، ވިޔަފާރި ކުރިއެރުވުމެވެ. އަދި މިފަދަ ޙަރަކާތްތަކުން އާންމު ރައްޔިތުންނާ ކުންފުނީގެ ގުޅުން ބަދަހިވެ، އިޖްތިމާޢީ ޒިންމާ އަދާކުރުމަށްވެސް މަގުފަހިވެގެންދެއެވެ.