ENGLISH

02 ޖުލައި 2025

Advertisement

ގައުމީ އެއާލައިންގެ ގެއްލުން %96 ދަށްކޮށް ފައިދާވުމާ ގާތަށް އަހަރު ދުވަހުން ގެންގޮސްފި

14 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މޯލްޑިވިއަންގެ މަތިންދާބޯޓެއް

ކޮވިޑް-19ގެ އާލަމީ ވަބާއަށްފަހު ގެއްލުމުގައި ހިންގަމުން އަންނަ ގައުމީ އެއާލައިންގެ ގެއްލުން އެއް އަހަރު ތެރޭ %96 ދަށްކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމާ ގާތަށް ގެންގޮސްފިއެވެ. 

ގައުމީ އެއާލައިނަކީ 2014 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ފައިދާގައި ހިންގަމުން އައި ކުންފުންޏެކެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑް-19ގެ އާލަމީ ވަބާއާއެކު އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއްވެ ފާއިތުވި ފަސް އަހަރުވެސް އެ ކުންފުނި ހިންގަމުން އައިސްފައިވަނީ ގެއްލުމުގައެވެ. 

އެގޮތުން 2020 ވަނަ އަހަރު 570 މިލިއަން ރުފިޔާ، އަދި 2021 ގައި 647 މިލިއަން ރުފިޔާ އަދި 2022 ގައި 493 މިލިއަން ރުފިޔާ އަދި 2023 ގައި 71.4 މިލިއަން ރުފިޔާގެ ގެއްލުން އެއް ކުންފުންޏަށް ވެފައިވާކަން ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައެވެ. 

ފާއިތުވި 2024 ވަނަ އަހަރު 2023 ވަނަ އަހަރާ އަޅާބަލާއިރު އެ ކުންފުންޏަށް ލިބުނު ގެއްލުން ވަރަށް ބޮޑު ތަން ކުޑަކޮށްފައިވާކަން ހާމަވީ އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުންނެވެ. 

އެގޮތުން އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން 2024 ވަނަ އަހަރު އެ ކުންފުންޏަށް ޖުމްލަ 2.27 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެ އާމްދަނީގެ 75 އިންސައްތަ ނުވަތަ 1.6 ބިލިއަން ރުފިޔާއަކީ އެތެރޭގެ އުދުހުންތަކުން ލިބުނު އާމްދަނީއެވެ. 

ހިންގުމުގެ ހަރަދުތައް އުނިކުރުމަށްފަހު ހިންގުމުގެ ފައިދާގެ ގޮތުގައި 171 މިލިއަން ރުފިޔާ ނިމުނު އަހަރު ލިބުނެވެ. ނަމަވެސް ކުންފުނީގެ ދަރަންޏާއި ފައިނޭންސިން ހަރަދުތަކާއި ޓެކުހަށް އުނިކުރުމަށްފަހު 2.82 މިލިއަން ރުފިޔާގެ ގެއްލުމެއް އެ ކުންފުންޏަށް ލިބުނުކަން އޮޑިޓުން ދައްކައެވެ. 

އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ގެއްލުންވި 71.4 މިލިއަން ރުފިޔާއާ އަޅާބަލާއިރު 2024 ވަނަ އަހަރު އެ ކުންފުންޏަށްވީ ގެއްލުން ގާތްގަނޑަކަށް 96 އިންސައްތަ ކުޑަކުރެވިފައިވާކަން އޮޑިޓު ރިޕޯޓުން އެނގެއެވެ. 

އައިލެންޑް އޭވިއޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މި ސަރުކާރު ހަވާލުވީ ފަހުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ބައިނަލްއަގުވާމީ އުދުހުންތައް އިތުރުކުރުމަށް މި އަހަރު ކުރީ ކޮޅުގައި ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނެސްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހުގައި އިތުރު ވައިޑްބޮޑީ މަތިންދާބޯޓެއް ގެންނާނެއެވެ. 

އޭގެ އިތުރަށް އެ ކުންފުނިން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާބޯޓުތައް ބާވެ މަރާމާތުކުރުމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާތީ ފުލީޓު އައުކުރުމުގެ ގޮތުން އޭޓީއާރް މަރުކާގެ މަތިންދާބޯޓުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ފަސްވަނަ އޭޓީއާރް މަތިންދާބޯޓު ގެނައީ މި މަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު