ENGLISH

24 ޖޫން 2025

Advertisement

ކުރީގެ މެންބަރު ރަޝީދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

10 ޖޫން 2025

|

އުމްނާ އިސްމާޢީލް

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން، މަރުހޫމްގެ އާއިލާއަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ރަޝީދު އަވަހާރަވީ، އެނގިފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.

ރަޝީދު އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، އާއިލާއަށް ތައުޒިޔާ ދަންނަވަމުން ރައީސް މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ވަނީ މަރުހޫމް ރަޝީދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި އަބަދުމެ ލެހެއްޓެވުމަށް ދުޢާ ކުރައްވާފަ އެވެ.

އަހުމަދު ރަޝީދު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގަ އެވެ. އޭނާ ވަނީ މަޖިލީހުގެ އެ ދައުރުގައި ހަތަރު ކޮމިޓީއެއްގައި މަސައްކަތް ކުރައްވައިފަ އެވެ.

އަހުމަދު ރަޝީދުގެ ޖަނާޒާ މިއަދުގެ މަޣްރިބު ނަމާދަށް ފަހު ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު