ENGLISH
24 ޖޫން 2025
ޙައްޖު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ފުރާވަޑައިގަތުން
09 ޖޫން 2025
|
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސަޢުދީން ފުރާވަޑައިގެންފި. މި ދަތުރުފުޅަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެއް. މި ދަތުރުފުޅުގައި ރާއްޖެއިން ސަޢުދީއަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ޙައްޖުވެރިންނާ ރައީސް ބައްދަލުކުރެއްވި. އަދި މި އަހަރު ޙައްޖުގައި ލިބުނު ލުއި ފަސޭހަތަކަށްވުރެ އިތުރު ގިނަ ލުއިތަކެއް އަންނަ އަހަރު ހަމަޖެހިގެންދާނެކަން އިއުލާނުކުރެއްވި. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު އިއުލާނުކުރައްވާފައި ވަނީ ޙައްޖަށް ފުރުމުގެ ކުރިން ހަދަންޖެހޭ މެޑިކަލްއާއި ޖަހަންޖެހޭ ވެކްސިންތައް އެމީހަކު ހުރި ތަނެއްގައި ހުރެ ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެކަންކަން ހިލޭ ކުރެެވޭނެ ގޮތް ހަމަޖެއްސުން. އަދި ސައުދީގައި ތިބޭއިރު ހައްޖުވެރިޔަކު ބަަލިވެއްޖެނަމަ ބޭސްފަަރުވާ ވެސް ހިލޭކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމުގައި ރައީސް ވިދާޅުވި.