ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ތުލުސްދޫގެ ޢީދު ލަވަ ނެރެފި

04 ޖޫން 2025

|

އިސްމާއީލް ރާތިއު

ތުލުސްދޫގެ ޢީދު ލަވަ، "ތުލުސްދޫ ޢީދު އުފާ" ރޭ ނެރެފިއެވެ.

ތުލުސްދޫގެ ނެކްސަސް ހަބު ރެސްޓޯރަންޓުގައި އޮތް ހަފްލާއެއްގައި މިލަވަ ނެރެދެއްވީ، ތުލުސްދޫ ކައުންސިލްގެ ރައީސް، އަސްލަމް މޫސާ އެވެ. މި ލަވައިގައި އެރަށުގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދުނުމުގެ އިތުރުން، އެރަށުގެ މީހުންގެ މެދުގައި އޮންނަ ލޯތްބާއި، އެކުވެރިކަން ދައްކުވައިދެއެވެ.

މީގެ އިތުރުން ތުލުސްދޫގައި ޢީދު ފާހަގަކުރަމުން އަންނަ ގޮތާއި، އެރަށުގެ ސަގާފަތް ދައްކުވައިދޭ މަންޒަރުތަކާ އަދި ތުލުސްދޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްއާ ގުޅޭ މަންމަންޒަރުތައް ވެސް މި ލަވައިގައި ހިމެނިފައިވެއެވެ. ސަގާފީ ނެށުންތަކެއްވެސް ދައްކުވައިދޭ މި ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑަލް އިން ވިދާލި ތަރި، އައިމިނަތު ސައިނާއެވެ.

ކިޔުންތެރިންގެ ހިޔާލު