ENGLISH

06 ޖޫން 2025

Advertisement

ހޮޅުދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ އަދާހަމަ އާރްޑީސީ އިން ހިއްސާކޮށްފި

03 ޖޫން 2025

|

މުޙައްމަދު އަދުހަމް

ހޮޅުދޫ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ. --ފޮޓޯ: އާރްޑީސީ

ނ. ހޮޅުދޫގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މި ވަގުތު ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އާއްމުކޮށްފިއެވެ.

ހޮޅުދޫގައި މިހާރު ކުރިއަށްދަނީ، އެ ރަށު ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމާއި، މުޙައްމަދު ރާޝިދު ހިނގުމުގައި ބެކް ފިލިންގެ މަސައްކަތް ކަމަށް އާރްޑީސީ އިން މައުލޫމާތުދެއެވެ.

ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ރަށުގެ މުހިންމު މުއައްސަސާތައް ހުރި މަގުތަކާއި، އާއްމުން ގިނައިން ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާ މަގުތައް ހިމަނާފައިވެއެވެ. ހަމައެހެންމެ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.

ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މިއީ 71 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.  

ހޮޅުދޫ އަކީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ތަފާތު އެކި ސަބަބުތަކާހުރެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްނުގޮސް ހުއްޓިފައިވާ ބައެއް ރަށްތަކުގެ ތެރެއިން ރަށެކެވެ.    

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ކޮންމެ ރަށެއްގައި ވެސް އެންމެ ބޮޑެތި މަގުތައް މި ދައުރުގެ ތެރޭގައި ތަރައްޤީ ކުރުމަކީ އެމަނިކުފާނުގެ އަމާޒެވެ. މީގެއިތުރުން، ސަރުކާރުގެ މިހާރުގެ އަމާޒަކީ ރަށްރަށުގައި މަޑުޖެހިފައިހުރި މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވައި ނިންމެވުމެވެ.

ކިޔުންތެރިންގެ ހިޔާލު