ENGLISH

03 ޖުލައި 2025

Advertisement

ރަނުގެ ފުރުސަތެއް؛ މިނިވަން ދުވަހުގެ ލޯގޯ ފަރުމާކޮށްގެން 30،000 ރުފިޔާ ހޯދިދާނެ

03 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ލޯގޯ ފަރުމާކޮށްގެން 30،000 ރުފިޔާ ލިބޭ މުބާރާތެއް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ހުޅުވާލައިފިއެވެ. 

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ޖުލައި 26 ވަނަ ދުވަހުގައި ފާހަގަކުރާ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ ލޯގޯ ހޮވުމަށް ބާއްވާ މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ސުންގަނޑިއަކީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ. 

މިނިސްޓްރީންވަނީ ލޯގޯ ފަރުމާކުރުމުގެ އުސޫލު އެކުލަވައިލާފައެވެ. އަދި ލޯގޯގައި އިސްލާމްދީނާއި ދިވެހިބަހާއި ސަގާފަތާއި ދިވެހި ތަރިކައިގެ އިތުރުން ދިވެހިވަންތަކަމާއި ދިވެހި ބިމުގައި ދިވެހިންގެ ދައުލަތް މިނިވަންކަމާއެކު ދެމިއޮތުން ރަމްޒުކޮށްދޭންޖެހެއެވެ. 

ލޯގޯ ފަރުމާކުރުމުގައި ދިވެހި ދައުލަަތުގެ އެވޭލާކަމާއި މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިން މިނިވަންކަންމަތީ ތިބުމަށް ކުރާ އުންމީދު ރަމްޒުކޮށްދިނުމަށާއި، މިނިވަންކަމުގެ 60 އަހަރުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކުރިއއރުމާއި ކުރިއަށް އޮތް ތަނުގައި ހޯދުމަށް އުންމީދުކުރާ ކުރިއެރުން ރަމްޒުކޮށްދިނުމަށް އިސްކަންދޭންޖެހޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. 

އޭގެ އިތުރަށް ލޯގޯގައި ބޭނުންކުރަންވާނީ ގައުމީ ކުލަތައްކަމަށާއި އިތުރު ކުލައެއް ބޭނުންކުރާނަމަ ރާއްޖޭގެ ކަނޑާއި މާހައުލު ރަމްޒުކޮށްދޭ ނޫކުލަ ބޭނުންކުރުމަށާއި، މުނާސަބަަތާ ގުޅޭ ބެޖާއި ސްޓިކާގައި ބޭނުންކުރަން ފަސޭހަ ފަރުމާއަކަށްވާންވާނެ ކަމަށާއި ޗާޕުކުރާ ލިޔުންތަކުގައި ބޭނުންކުރަން ފަސޭހަވާނެހެން އަދި ޓީޝާޓު ފަދަ ތަކެތީގައި ޕްރިންޓުކުރަންވެސް ފަސޭހަވާނެ ގޮތަށް ފަރުމާކުރުމަށް އިސްކަންދޭންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. 

އަދި މި ފަރުމާއަކީ އިލެކްޓްރޯނިކް މީޑިޔާއާއި އެނިމޭޝަނާއި ވީޑިޔޯތަކުގައި ބޭނުންކުރެވޭ އެއްޗަކަށްވާންވާނެ ކަމުގައި ބުނެފައިވެއެވެ. 

މިނިސްޓްރީން ބުނި ގޮތުގައި ވަނަ ދިނުމުގައި ބަލާނީ ލޯގޯގެ ފެންވަރާއި ފަންނީ ކަންކަމަށާއި ކޮމްޕޮޒިޝަންސްއާއި ޑިޒައިން އެލައިންމެންޓްސްއަށް 30 މާކުސް އަދި އަސްލުވަންތަކަމާއި އުފެއްދުންތެރިކަމާއި މަސައްކަތުގެ ފެންވަރަށް 20 މާކްސް އަދި ދިވެހިވަންތަކަމަށް 20 މާކްސް އަދި މިނިވަންކަމުގެ 60 އަހަރުގެ ރަމްޒުކޮށްދީފައިވާ މިންވަރަށް 30 މާކްސް ލިބޭ ގޮތަށެވެ. 

ކިޔުންތެރިންގެ ހިޔާލު