ENGLISH

05 ޖޫން 2025

Advertisement

އީދު ބަންދުގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ

03 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އީދު ބަންދު އަދި ހައްޖު ދުވަހުވެސް އިމިގްރޭޝަނުން ޕާސްޕޯޓު ހިދުމަތް ލިބޭނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި އަހަރުގެ ޙައްޖު ދުވަހާއި އީދު ބަންދުގަައި އީދުދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ދިވެހި ޕާސްޕޯޓަށް އިމުގާ މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ހުށަހެޅޭއިރު މި ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00އަށް ޕާސްޕޯޓުގެ ޚިދުމަތަށް ނަމްބަރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޚިދުމަތް ދޭނީ ހަމައެކަނި މާލެ ޞަރަޙައްދުގައި ހިމެނޭ ޕާސްޕޯޓް އޮފީސްތަކުންނެވެ.

އެހެންނަމަވެސް އިމަރޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ 9555333 ނަންބަރު ފޯނުން ޚިދުމަތް ލިބުމުގަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު