ENGLISH

04 ޖޫން 2025

Advertisement

އ.ދ.ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެއްޖެ

02 ޖޫން 2025

|

އަޙުމަދު ޙަމީދު

ސެޕްޓެމްބަރު 2025 ގައި ފަށާ އ.ދ.ގެ 80 ވަނަ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސެއްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައި މިކަން އިޢުލާންކުރައްވަމުން ވިދާޅުވީ، ބައިނަލްއަޤްވާމީ ބައިވެރިންނާއެކު، މިފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީއަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.

އަދި، ރާއްޖެއަށް މިފަދަ ފުރުޞަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވެވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މިއަހަރަކީ ރާއްޖެ އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށް ވިދާޅުވެ، ރާއްޖެއިން ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު