ENGLISH

04 ޖޫން 2025

Advertisement

ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލި ވާހަކައަކީ ދޮގެއް: ވަޒީރު

02 ޖޫން 2025

|

އަޙުމަދު ޙަމީދު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ޙައްޖުގައި ތިބޭ މުއްދަތު ސަރުކާރުން 15 ދުވަހަށް ކުރުކޮށްލިކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައި ވަޒީރު ވިދާޅުވީ ހައްޖަށް ދިޔަ ދިވެހީންގެ ތެރެއިން އެއްވެސް ބަޔަކު 15 ދުވަހު ނުތިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަން އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެއް ފްލައިޓްގައި އައި މީހުން 18 ދުވަސް އަދި އަނެއް ތިން ފްލައިޓްގެ މީހުން 19 ދުވަހު ތިބޭނެކަން ވަޒީރު ފާހަަގަ ކުރެއްވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޙައްޖަށްދާ މީހުން މީގެ އަހަރުތަކެއް ކުރިން 30 ދުވަހު ތިބި ނަމަވެސް، މި ފަހުގެ އަހަރުތަކުގައި ޢާއްމުކޮށް ތިބެނީ 22 އާއި 25 ދުވަހު ދެމެދު އަދަދަކަށެވެ. އެއީ ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރިދާތީވެ އިތުރުވާ ދުވަސްތަކެއް ކަަމަށެވެ.

"ނަމަވެސް މިފަހަރު ހައްޖު ނިންމާފައި މަދީނާއަށް އައިސް މައްކާއަށް އެނބުރި ނުގޮސް ރާއްޖެއަށް ފުރާގޮތަށް ހަމަޖައްސާފައި ވަނީ ޙައްޖުވެރިންގެ ރައްކާތެރިކަމާއި މަޞްލަޙަތާއި މޫސުމަށް ބަލައި ޞިއްޙަތަށް ބެލުމުގެ ގޮތުން ސައޫދީ އަރަބިއްޔާއިން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ރިޢާޔަތްކުރުމުގެ ގޮތުން،" ޝަހީމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޤައުމީ މިފަދަ ކަންކަމުގައި ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުން އިލްތިމާސްކުރައްވާ ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމެއް ނަމަ އެކަމާމެދު މަޝްވަރާކޮށްގެން ޙައްލެއް ހޯދާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު