ENGLISH

24 ޖޫން 2025

Advertisement

ރައީސްގެ ދެކަނބަލުން ދިވެހި ހައްޖުވެރިންނާ ބައްދަލު ކުރެއްވުން

02 ޖޫން 2025

|

ހަސަން އާމިރު

ޙައްޖުގެ އަޅުކަމަށް މައްކާއަށް ގޮސް ތިބި ދިވެހީ ހައްޖުވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައްދަލު ކުރައްވައިފި. މި ބައްދަކުރެއްވުމުގައި ރައީސް ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ތަރުތީބުކޮށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށް. ރައީސް އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ ސައުދީގެ މައްކާ ރޫޓު އިނީޝިއޭޓިވް އިން ދިވެހިރާއްޖެއަށް މި އަހަރު ފުރުސަތު ލިބި ޙައްޖާޖީންނަށް ލިބިފައިވާ ބޮޑު ފަސޭހަ. އެމަނިކުފާނު ވިދާޅުވީ ހުރިހާ ޝަރުތުތަކެއް އިސްތިސްނާ ކުރައްވާ އެ ފުރުސަތު ރާއްޖެއަށް ދެއްވުމަކީ ސަޢުދީ ރަސްގެފާނާއި ވަލީއަޙްދު ދިވެހީންނާ މެދު ބެހެއްޓެވި ވަރަށް ބޮޑު ގާތް ކަމެއް ކަމަށް. އެކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ރައީސް ޝުކުރު އަދާކުރެއްވި.

ކިޔުންތެރިންގެ ހިޔާލު