ENGLISH

04 ޖޫން 2025

Advertisement

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޙައްޖުވެރީންގެ ކަންކަން ފުރިހަމަށް ތަރުތީބު ކޮށްދެއްވުމަށް: ރައީސް

02 ޖޫން 2025

|

އަޙުމަދު ޙަމީދު

ރައީސްގެ ދެކަނބަލުން ދިވެހި ޙައްޖުވެރީންނާއި ބައްދަލު ކުރެއްވުން

ދިވެހި ޙައްޖާޖީންގެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ތަރުތީބުކޮށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޙައްޖުގެ އަޅުކަމަށް މައްކާއަށް ގޮސް ތިބި ދިވެހީންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ ސައުދީގެ މައްކާ ރޫޓު އިނީޝިއޭޓިވް އިން ދިވެހިރާއްޖެއަށް މި އަހަރު ފުރުސަތު ލިބި ޙައްޖާޖީންނަށް ލިބިފައިވާ ބޮޑު ފަސޭހައެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ޝަރުތުތަކެއް އިސްތިސްނާ ކުރައްވާ އެ ފުރުސަތު ރާއްޖެއަށް ދެއްވުމަކީ ސަޢުދީ ރަސްގެފާނާއި ވަލީއަޙްދު ދިވެހީންނާ މެދު ބެހެއްޓެވި ވަރަށް ބޮޑު ގާތް ކަމެކެވެ. އެކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އަދި ވިދާޅުވީ ދިވެހި ޙައްޖާޖީންގެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމައަށް ތަރުތީބުކޮށް ވީހާވެސް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް، އެކަމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

މި އަހަރަކީ ދިވެހި ހައްޖުވެރީންނަށް އެންމެ ގިނަ ލުއިތަކާއި ފަސޭހަތައް ލިބޭނެ އަހަރެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަތަކުގެ އިތުރުން މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާ އެކު ދިވެހި ހައްޖުވެރިން މިނާ އަދި އަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ހާޖީއަކަށް ހާއްސަ ސޯފާ އެނދެއް ހުންނާނެއެވެ. ދިވެހި ހައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ގައުމެއްގެ ހާޖީނެއް ވެސް މިއަހަރު ނުތިބޭނެއެވެ. މީގެ އިތުރުން އަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި ވެސް ކޮންމެ ހާޖީއަކަށް ވަކިން ސޯފާ އެނދުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު