ENGLISH
03 ޖުލައި 2025
ކަރަންޓްގެ އަގުހެޔޮ ކުރުން: މެއި މަހުގެ ބިލް ވެސް ކުޑަކުރަން ފެނަކައިން ނިންމައިފި
02 ޖޫން 2025
|
ފެނަކަ ކޯޕަރޭޝަން
ކަރަންޓު އަގުހެޔޮ ކުރައްވަން ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނު ކުރައްވާފައިވާތީ މެއި މަހުންގެ ބިލުން ފެށިގެން ކަރަންޓްގެ އަގު ހެޔޮ އަގު ހިމެނުމަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
އެ ކޯޕަރޭޝަނުން ބުނީ ރައީސް މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ކަރަންޓް ބިލުގެ ޓެރިފް ރޭޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފައިވާ މީހުންނަށް ޖޫން މަހުގެ ބިލުން އެބައި އުނި ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މަހުގެ ބިލު ދައްކާފައިނުވާ މީހުންނަށް ކުޑަ ޓެރިފް ރޭޓްގައި އަލުން ބިލު ޖެނެރޭޓް ކުރެވިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރައީސް މުއިއްޒު ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ޢިއުލާނު ކުރައްވާފަ އެވެ.
ކުޑަ ކުރަން ނިންމާފައިވާ މިންވަރު ވެސް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.
އަދި ވިދާޅުވީ އެކަން ތަންފީޒު ކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީސްގެ މި ނިންމެވުމާއެކު ކަރަންޓްގެ އަގު ބޮޑުތަނުން ހެޔޮ ވެގެންދާނެ އެވެ.
ކަރަންޓްގެ ޚިދުމަތް ހޯދުމަށް އާންމުން ކުރަން ޖެހޭ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހުށައެޅި އެންމެ ބޮޑު އެއް ޝަކުވާ އަކީ އެއީ އެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެ ޝަކުވާތަކަށް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.