ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް އައި ބަދަލު އާންމުކޮށްފި

02 ޖޫން 2025

|

އަޙުމަދު ޙަމީދު

ގުޅިފަޅު

ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގެ ދަށުން އައިސްފައިވާ ބަދަލާއި ގުޅިގެން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް އައި ބަދަލުތައް ހައުސިން މިނިސްޓްރީން އާންމުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓްކުރި ޢިއުލާނެއްގައި ބުނެފައި ވަނީ  "ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންގެ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައި ކަމަށެވެ.

މި ބަދަލާއި ގުޅިގެން މިނިސްޓްރީގެ ކުރީގެ އިޢުލާނުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި 30 މޭ 2025 ވީ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަޙައްދުގައި ގުރުނެގުން ބާއްވާފައިވާ ކަމަށެވެ.

މިގޮތުން ގޯތި ލިބިފައިވާ މީހުންގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި އެގޯތިތަކުގެ ބޮޑުމިނުގެ ތަފްޞީލް ހިމެނޭ ލިސްޓެއް ގެޒެޓް ކޮށްފައިވާ ކަމަށް ބުންޏެވެ.

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިޢުލާން ކުރީ ކުރީ ސަރުކާރުގައި 24 އޮގަސްޓް 2023 ގައެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތެވެ. 

އެހެން ކަމުން މި ސަރުކާރުން ވަނީ އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް އިޢުލާނު ކޮށްފަ އެވެ.

އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަޙައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ވެސް ވަނީ ބާއްވާފައެވެ. ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވެ އެވެ.

24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ދޫކޮށްފައިވާއިރު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަޙައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަޙައްދުން ދޭން ނިންމީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު