ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ގައިންގަޔަށް އަރާ ބައްޔެއް ހުރި ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދަނީ

02 ޖޫން 2025

|

އަޙުމަދު ޙަމީދު

ބިދޭސީން ހޯދުމުގެ އޮޕަރޭޝަން -- ފައިލް ފޮޓޯ

ގައިންގަޔަށް އަރާ ބައްޔެއް ހުރި ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ރާއްޖެ ގެނައި ކުންފުނިން ބުނެފި އެވެ.

ފިލައިގެން އުޅެނީ ބަންގަލްދޭޝްގެ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ގެނައި ކުންފުނިން ބުނީ އެ ބިދޭސީ މީހާ ފިލާފައި ވަނީ އޭނާއަށް ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާކަން އެޗްޕީއޭ އިން އެންގުމުން އެ މީހާ ފުރުވާލަން މަސައްކަތް ކުރުމުން ކަމަށެވެ.

ބަންގްލަދޭޝްއަށް ފުރުވާލުމަށް ޓިކެޓް ނަގާ ފުރަަން މާލެ އައިސް ފިލާފައިވާ ކަމަށް ވެ އެވެ.

އެ މީހާ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.

ނަމަވެސް އެ މީހާގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަނަށް ހުށައަޅާފައި ނުވާ ކަަމަށް އެ ކުންފުނިން ބުނެ އެވެ.

އެ މީހާ ހޯދަނީ އޭނާ ނުފުރާކަން އެޗްޕީއޭ އިން ޔަޤީންކޮށް އެކަން އެންގުމުން ކަމަށް ވެސް ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު