ENGLISH
04 ޖޫން 2025
އޮސްޓްރޭލިއާގެ ދިފާޢީ ވަޒީރު، ނައިބު ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން
02 ޖޫން 2025
|
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާޢީ ވަޒީރު އޮނަރަބަލް ރިޗަރޑް މާލްސް އެމްޕީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާ ބައްދަލު ކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރުގެ ނައިބު ވަނީ، ދެޤައުމުގެ މެދުގައި ދިފާޢީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފަ. އަދި، ދެ ޤައުމުގެ ތިމާވެށީގެ ނާޒުކުކަމާއި ތިމާވެށި ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވޭ. ބޮޑުވަޒީރުގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާއި އޭގެ ގޮންޖެހުންތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައިވޭ.